07/06/2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުން އުފައްދާ ޓޯސްޓްމާސްޓާރސް ކްލަބުގެ އެންމެ ފުރަތަމަ ޑެމޯ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑުމެންނާއި އެކު ބައިވެރިވެލައްވާ!
މިއީ މުޅިން ދިވެހި ބަހުން ކުރިއަށް ގެންދެވޭ މަންސައެއް.
ޓޯސްޓްމާސްޓާސް އަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ، މީހުންގެ ކުރިމަތީގައި ފަސްޖެހުމެއްނެތި ކެރިގެން ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކޮށްދޭ މަންސައެކެވެ. މީގެ އިތުރުން، މީގެ ސަބަބުން ލީޑަރޝިޕް ހުނަރުތައް ވަރުގަދަވެ، އަމިއްލަ ދިރިއުޅުމުގައްޔާއި މަސައްކަތުގެ މައިދާނުގައި މުޢާޞަލާތުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
މިއީ ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ބޭފުޅުން އަދި އަމިއްލަ މަސައްކަތް ކުރާ ބޭފުޅުންގެ އިތުރުން މުޖުތަމަޢުގައި ލީޑަރޝިޕް ރޯލު އަދާ ކުރައްވަވާ ބޭފުޅުންނަށް ، ދިވެހި ބަހުން ޓޯސްޓްމާސްޓާސްގެ ތަޖުރިބާ ހޯދައި، އެ ބޭފުޅެއްގެ ކިބައިގައިވާ ވާހަކަދެއްކުމުގެ ފަންނުވެރިކަން ދެނެގަނެ އެ ހުނަރު ކުރިއެރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
މި ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކޮށްލައްވާ: https://forms.gle/hMVJxmLyD8BJWXiF7
އެންމެން އެކުގައި އުނގެނި، ވާހަކަދައްކައި، ދިވެހި ބަހާއި އަދި ވާހަކަ ދެއްކުމުގެ ހުނަރުތައް ތަރައްޤީ ކުރައްވަމާ ހިންގަވާ!
28/05/2026
ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
18/04/2026
Join our Advanced Dhivehi Language Classes for Expats and build confidence in speaking, reading, and understanding the language while connecting with the local community.
📚 What you will learn:
✔ Advanced grammar & sentence structures
✔ Fluent reading skills
✔ Confident speaking in real-life situations
✔ Understanding Maldivian culture through language
👩🏫 Learn with an experienced instructor with over 26 years of teaching Dhivehi. ( Shimla Ahmed )
🗓 Classes commence on 10th May
📅 One class per week
💰 Fee: MVR 1000 per month
📞 Secure your seat before 7th May
Contact: 7782034
Don’t miss this opportunity to improve your Dhivehi and feel more at home in the Maldives 💬🌴
15/04/2026
ދިވެހި ބަހުގެ ދުވަސް
ދިވެހި ބަހުގެ ދުވަސް
14/04/2026
މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރުކަމަށް ވާ "ޤައުމިއްޔަތު ދިރުވާން ސާފު ދިވެހިބަހުން ވާހަކަ ދައްކަމާ!" މި ޝިޢާރާއި ގުޅުވައިގެން ފުރަމާރަ އެކަޑަމީން ކުރިއަށް ގެންދިޔަ ވެބިނާ
13/04/2026
ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، ސަގާފަތާއި، އިސްލާމީ ވަންތަކަން ބިނާވެފައިވަނީ ދިވެހި ބަހުގެ މައްޗަށެވެ. ނަމަވެސް، ހިތާމައަކީ މިއަދުގެ ދިވެހި ޖީލުތައް، ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހާ ދުރުވެ، ދިވެހިބަހަށް ބީރައްޓެހިވަމުންދާ ކަމެވެ.
ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން ފުރަމާރަ އެކަޑަމީން ކުރިއަށް ގެންދާ މި ވެބިނާ ޚާއްޞަކޮށްލާނީ މި ކަމާއި ބެހޭގޮތުން ޒުވާނުންގެ އަޑު އަހާލައި ޒުވާނުންނާއި ކުޑަކުދިންނަށް، ކުށެއްނެތް ސާފު ދިވެހި ބަހުން ވާހަކަދެއްކުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން ޚިޔާލު ފާޅުކުރުމަށެވެ. ހަމަ މިއާއެކު އެ ޒުވާނުންގެ ނަޒަރުގައި ދިވެހި ބަސް ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލުތަކާއި ހަމައަށް ފޯރުކޮށްދިނުމަށް
އެޅިދާނެ ފިޔަވަޅު ތަކުގެ މައްޗަށް ވެސްމެއެވެ.
ވެބިނާގައި ބައިވެރިވުމަށް ތިރީގައި މިވާ ލިންކު ބޭނުން
ކުރެވޭނެއެވެ
ދިވެހި ބަހުން ރީތިކޮށް ވާހަކަ ދެއްކުމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބާ؟
Time: Apr 14, 2026 07:30 PM
https://us06web.zoom.us/j/87090265886?pwd=heRQlUgan4NNxIYTSnbIoGVwQ5Ntr4.1